އަނޫޕާމް

އަނޫޕާމްގެ ޓްވިޓާ ފޮލޮވަރުންގެ އަދަދު ދަށަށް

އިންޑިއާގެ އެކްޓަރު އަނޫޕާމް ކޭރްގެ ޓްވިޓާ ފޮލޮވަރުންގެ އަދަދު ކުއްލިއަކަށް މަދުވެއްޖެއެވެ.

ޓްވިޓާ އަދި ޓްވިޓާއިންޑިއާ ޓެގްކޮށް، އަނޫޕާމް ކުރި ޓްވީޓެއްގައި ބުނީ 36 ގަޑިއިރުގެ ތެރޭގައި 80000 ފޮލޮވަރުން މަދުވެފައިވާ ކަމަށެވެ. އަނޫޕާމް ވަނީ އެކަން ދިމާވީ އެޕްލިކޭޝަންގެ މައްސަލައަކުންތޯ ނުވަތަ އެހެން މައްސަލައަކުންތޯ ސުވާލުކޮށްފައެވެ.

އަނޫޕާމްގެ ޓްވިޓާއި ގުޅިގެން އެކަކު ބުނީ އެ 80000 އެކައުންޓަކީ ފޭކް އެކައުންޓަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ޓްވިޓާއިން އެ އެކައުންޓްތައް ޑީއެކްޓިވޭޓްކޮށްލީ ކަމަށް ވެދާނެ ކަމަށްވެސް އެމީހާ ބުނެފައިވެއެވެ.

އެކްޓަރު އަނޫޕާމްގެ ޓްވީޓާއި ގުޅިގެން ބައެއް މީހުން ވަނީ އެ މީހުންގެ ޓްވިޓާ ފޮލޮވަރުންގެ އަދަދުވެސް ދަށަށް ގޮސްފައިވާކަން ފާހަގަކޮށްފައެވެ.