ދިއާ މިރްޒާ އިނީ ބަލިވެ
އިންޑިއާގެ ބަތަލާ ދިއާ މިރްޒާ ބަލިވެއިންކަން އިއުލާނުކޮށްފިއެވެ.
ދިއާ މިރްޒާ ބަލިވެއިންކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި އާންމުކުރި ފޮޓޯއަކާއެކު ކުރި ޕޯސްޓެއްގައެވެ. ބަލިވެއިންކަން އިއުލާނު ކުރުމުން އިންޑިއާގެ ބައެއް ފަންނާނުންނާއި ދިއާއަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ ބަޔަކު ދަނީ މަރުހަބާ ކިޔަމުންނެވެ. ދިއާއަށް މަރުހަބާ ކީ ފަންނާނުންގެ ތެރޭގައި ސޮނާކްޝީ ސިންހާ އާއި ކޮކޮނާ ސެން ޝަރްމާ އާއި ސޯފީ ޗޯދްރީ އާއި ރޯހަން ޝްރެސްތާ އަދި ސިދާތު މަލްހޯތުރާ ހިމެނެއެވެ.
މިދިޔަ މަހުގެ ތެރޭގައި ދިއާ ވަނީ އޭނާގެ ފިރިމީހާ ވައިބާވް ރޭކީއާއެކު ރާއްޖެ ޒިޔާރަތްކޮށް ޗުއްޓީ ހޭދަކޮށްފައެވެ. މިދަތުރުގައި ވައިބާވް ރޭކީގެ ދަރިފުޅުވެސް ބައިވެރިވިއެވެ. އެ މީހުން ޗުއްޓީ ހޭދަކުރީ ޖޭއޭ މަނަފަރު ރިސޯޓްގައެވެ.