
ލޮކްޑައުންގައި އަރްޝަދު ހަ ކިލޯ ލުއިކޮށްލައިފި
ކޮވިޑް-19 ލޮކްޑައުން މުއްދަތުގައި، އިންޑިއާގެ އެކްޓަރު އަރްޝަދު ވަރްސީ ހަ ކިލޯ ލުއިކޮށްލައިފިއެވެ.
އެކްޓަރު އަރްޝަދު ކުރި ޓްވީޓެއްގައި ބުނީ އެއް މަސް ދުވަހަށް، ވަރަށް ސްޓްރިކްޓް ޑައިޓެއް ނަގާފައިވާ ކަމަށެވެ. އެ މުއްދަތުގައި ކާބޯހައިޑްރޭޓް ކެއުމުގައި ނުހިމަނާ ކަމަށާއި ކާޑިއޯ އަދި ވެއިޓް ޓްރެއިން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަރްޝަދު ބުނީ އަދި ހަތަރު ކިލޯ ލުއިކޮށްލަން ޖެހޭ ކަމަށެވެ.
ބަރުދަން ލުއިކޮށްލުމަށް ކުރި މަސައްކަތްތައް ޓްވިޓާގައި ހިއްސާކުރުމުން ބައެއް މީހުން ވަނީ ޓްވިޓާގައި އޭނާއަށް ތަފާތު ސުވާލުތައްކޮށްފައެވެ. އަދި އޭގެ ތެރެއިން ބައެއް ސުވާލުތަކަށް އަރްޝަދު ވަނީ ޖަވާބު ދީފައެވެ.
ލޮކްޑައުން ހާލަތުގައި ގޭގައި ތިބެން ޖެހިފައިވާއިރު، އަރްޝަދުގެ އަނބިމީހާ ތައްޔާރުކުރާ ކާބޯތަކެއްޗާއި ދުރުގައި ހުރީ ކިހިނެތްތޯ މީހަކު ވަނީ ސުވާލުކޮށްފައެވެ. އަރްޝަދު ބުނި ގޮތުގައި އަނބިމީހާ ތައްޔާރުކުރާ ކާބޯތަކެއްޗާއި ދުރުގައި ހުރުމަކީ ވަރަށް ބޮޑު ޗެލެންޖަކަށްވިއެވެ.
އަރްޝަދު ކުޅެފައިވާ ބައެއް ފިލްމްތަކުގެ ތެރޭގައި "ގޯލްމާލް" އަދި "ދަމާލް" ފްރެންޗައިޒްގެ ފިލްމްތަކާއި "ސަންޑޭ"، ޕާގަލްޕަންތީ" ، "ސަލާމް ނަމަސްތޭ" ހިމެނެވެ.