ދިޝާ ޕަތާނީ

"އޭކް ވިލަން ރިޓާންސް" ގެ ޝޫޓިންގައި ދިޝާ ބައިވެރިވެއްޖެ

މޯހިތު ސޫރީ ޑައިރެކްޓްކުރާ ފިލްމް، "އޭކް ވިލަން ރިޓާންސް" ގެ ޝޫޓިންގައި ބަތަލާ ދިޝާ ޕަތާނީ ބައިވެރިވެއްޖެއެވެ.

ދިޝާ ވަނީ ފިލްމްގެ ނަން ލިޔެފައިވާ ޖެކެޓެއް ލައިގެން ހުރެ ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ފޮޓޯގައި ދިޝާ ފެންނަނީ ފަހަތުންނެވެ.

މޯހިތު ސޫރީ ޑައިރެކްޓްކޮށް 2014 ވަނަ އަހަރު ރިލީޒްކުރި "އޭކް ވިލަން" އަކީ ކާމިޔާބު ފިލްމެކެވެ. އެ ފިލްމްގެ ލީޑް ރޯލުން ފެނިގެންދިޔައީ ސިދާތު މަލްއުތުރާ އާއި ޝްރައްދާ ކަޕޫރާއި ރިތޭޝް ދޭޝްމުކްއެވެ.

"އޭކް ވިލަން ރިޓާންސް" އިން ދިޝާ ޕަތާނީގެ އިތުރުން ޖޯން އަބްރަހަމް އާއި އަރްޖުން ކަޕޫރު ފެނިގެންދާނެއެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން މި ފިލްމް ރިލީޒްކުރާނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ. 

"އޭކް ވިލަން" އުފެއްދީ 390 މިލިއަން އިންޑިއަން ރުޕީސްގެ ބަޖެޓަކުންނެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި 1.7 ބިލިއަން އިންޑިއަން ރުޕީސް ލިބިފައިވެއެވެ.