ބަތަލާ ފާތިމާ ސަނާ

ފާތިމާ ސަނާ ކޮވިޑްއަށް ޕޮޒިޓިވްވެއްޖެ

އިންޑިއާގެ އެކްޓްރެސް ފާތިމާ ސަނާ ޝެއިހް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އުމުރުން 29 އަހަރުގެ ފާތިމާ ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ރައްކާތެރިކަމަށް ކުރަން ޖެހޭ ކަންކަން ދަނީ ކުރަމުންނެވެ. ފާތިމާ ބުނި ގޮތުގައި އޭނާ މިހާރު ހުރީ ހޯމް ކަރަންޓީންގައެވެ.

ފާތިމާ ވަނީ ފިލްމް "ޑަންގަލް" އިން އާމިރް ޙާންއާއެކު ފެނިގެން ގޮސްފައެވެ. ދާދިފަހުން އާމިރް ޙާންވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

މިފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި އިންޑިއާގެ ފަންނާނުންގެ ތެރޭގައި ވިކްރާންތު މާސޭ، މިލިންދް ސޯމަން އަދި ކާތިކް އާރްޔަން ހިމެނެއެވެ.