އާނޯލްޑް ސިނަމާތަކަށް އަންނަނީ

މެގަ ސްޓާ އާނޯލްޑް ޝްވާޒްނެގާ ބޮޑު ސްކްރީނުން ފެންނާނެ އިންތިޒާރެއްގައި ތިބި މީހުން މަދެއް ނޫނެވެ.

އާނޯލްޑްގެ ފޭނުންނަށް މިފަހަރު އޮތީ އުފާވެރި ޚަބަރެކެވެ.  ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު އާނޯލްޑް ބޮޑު ސްކްރީނަށް އަންނާޏީ "ބްރޭކްއައުޓް" ފިލްމުންނެވެ.

ފިލްމްގައި އާނޯލްޑް ފެންނާނީ ޓެރީގެ ރޯލުންނެވެ.

ޓެރީގެ ދޮން ދަރި ފްރޭމްކޮށް އޭނާ 25 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރެ އެވެ. މި ފިލްމްގައި ފެންނާނީ ޖަލުން ސަލާމަތްކުރުމަށް ޓެރީ ހިންގާ މިޝަނެވެ.

އާނޯލްޑް އެންމެ ފަހުން ފެނިގެންދިޔައީ "ޓާމިނޭޓާ: ޑާކް ފޭޓް" އިންނެވެ.