އާމިރް އޭނަގެ މަންމައާއެކު

އާމިރްގެ މަންމަ ކޮވިޑް-19 އަށް ކުރި ޓެސްޓް ނެގެޓިވް

އެކްޓަރު އާމިރް ޚާންގެ މަންމަ، ޒީނަތު ކޮވިޑް-19 އަށް ޓެސްޓްކޮށްފައިވާ ކަމަށާއި ނަތީޖާ ނެގެޓިވް ކަމަށް އާމިރް ޚާން ބުނެފިއެވެ.

އާމިރް ޚާންގެ މަންމަ ކޮވިޑް-19 އަށް ޓެސްޓްކުރީ، އާމިރްގެ މުވައްޒަފަކު ވައިރަހަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުމާއެކު އެ މުވައްޒަފު އެކަހެރިކުރި ކަމަށް އާމިރް ވަނީ ބުނެފައެވެ.

މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން، އެތަނުގައި ތިބި އެހެން އެންމެންވެސް ކޮވިޑް-19 އަށް ޓެސްޓް ކުރެވުނު ކަމަށް އާމިރް ވަނީ ބުނެފައެވެ. އާމިރް ބުނި ގޮތުގައި އެ ހުރިހާ ޓެސްޓެއްވެސް ނެގެޓިވްއެވެ.

އާމިރްގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ލާލް ސިންގް ޗައްޑާ" ހިމެނެއެވެ.