ސަންޖޭ

ހޮސްޕިޓަލްގައި އޮތް ސަންޖޭ ބުނަނީ ހާލު ރަނގަޅު ކަމަށް

އިންޑިއާގެ އެކްޓަރު ސަންޖޭ ދަތަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، ހާލު ރަނގަޅު ކަމަށް އޭނާ ބުނެފިއެވެ.

ނޭވާލާން އުނދަގޫވުމުގެ ސަބަބުން ސަންޖޭ ދަތު ހޮސްޕިޓަލުގައި އެޑްމިޓްކުރީ ހޮނިހިރު ދުވަހުއެވެ.

ސަންޖޭ ކުރި ޓްވީޓެއްގައި ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށާއި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތީ އޮބްޒަވޭޝަނަށް ކަމަށެވެ. އަދި ކޮވިޑް-19 އަށް ކުރި ޓެސްޓްވެސް ނެގެޓިވްކަމަށް ސަންޖޭ ވަނީ ބުނެފައެވެ.

ޑޮކްޓަރުންނާއި ނަރުހުން އަދި ހޮސްޕިޓަލްގެ މުވައްޒަފުންގެ ފަރާތުން ލިބޭ އެހީތެރިކަމާއި ފަރުވާއާއެކު، ދެ ދުވަހެއްގެ ތެރޭގައި ގެއަށް ދެވޭނެ ކަމަށް ސަންޖޭ ވަނީ ބުނެފައެވެ. ސަންޖޭ ކުރި ޓްވީޓްގައި ވަނީ ހެޔޮއެދޭ އެންމެންނަށް ޝުކުރު އަދާކޮށްފައެވެ.

އިންޑިއާގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު ސަންޖޭ ކޮވިޑް-19 އަށް ޓެސްޓްކުރީ، އެގައުމުގައި ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދާ މީހުން ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ކަނޑައަޅާފައިވާތީއެވެ.