އަޖޭ

"ކައިތީ" ގެ ހިންދީ ރިމޭކްގައި މަސައްކަތްކުރާކަން އަޖޭ ކަށަވަރުކޮށްދީފި

ތަމަޅަ ފިލްމް "ކައިތީ" ގެ ހިންދީ ރިމޭކްގައި މަސައްކަތް ކުރަމުންދާކަން އެކްޓަރު އަޖޭ ދޭވްގަން ކަށަވަރުކޮށްދީފިއެވެ.

މިދިޔަ އަހަރު ރިލީޒްކުރި ތަމަޅަ އެކްޝަން ތުރިލާ ފިލްމް، "ކައިތީ"ގެ ހިންދީ ރިމޭކް ފިލްމްގައި ލީޑް ރޯލުން އަޖޭ ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނަމުންދާތާ ދުވަސްކޮޅެއްވެފައިވާއިރު، އަޖޭ ކުރި ޓްވީޓެއްގައި ވަނީ "ކައިތީ" ގެ ހިންދީ ރިމޭކް ފިލްމްގެ މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައެވެ.

އަޖޭ މިއަދު ހެނދުނު ކުރި ޓްވީޓެއްގައި ބުނި ގޮތުގައި، ހިންދީ ރިމޭކް ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ހިންދީ ރިމޭކް ފިލްމަށް ރިތިކް ރޯޝަނާއި ސަލްމާން ހާން ގެންނަ ވާހަކަ ތަކެއް ދެކެވުނެވެ.