ވަރުން ދާވަން އާއި ނަތާޝާ

ކައިވެންޏާއި ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ވަރުން ދޮގުކޮށްފި

މަޝްހޫރު ފަންނާނުންނާއި ބެހޭ ގޮތުން އަބަދުވެސް ތަފާތު އަޑުތައް ފެތުރެއެވެ. ވަރުން ދާވަން އާއި އޭނާގެ ލޯބިވެރިޔާ ނަތާޝާ ދަލާލް ކައިވެނި ކުރަން އުޅޭ ކަމަށް ބުނެ ދޭތެރެ ދޭތެރެއިން އަޑުތައް ފެތުރެއެވެ.

ވަރުން ދާވަން އާއި ނަތާޝާގެ ކައިވެނި މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކުރުމަށް ނިމިފައިވާ ކަމަށް ބުނެ މިހާރު ވަނީ އަޑު ފެތުރިފައެވެ. ނަމަވެސް ވަރުން ވަނީ އެކަން ދޮގުކޮށްފައެވެ.

"އެއީ ހަގީގަތެއް ނޫން. އަހަރެން ވަރުބަލިވެއްޖެ ތިކަހަލަ ރިޕޯޓްތައް ދޮގު ކޮށްކޮށް." ވަރުން ދާވަން ބުންޏެވެ.

ވަރުން ދާވަންގެ ބައްޕަ ޑޭވިޑް ދާވަން ބުނީ ވަރުންގެ ކައިވެނީގެ ތާރީހު އިއުލާނު ކުރާނެ ކަމަށެވެ.

ވަރުން ދާވަން ވަނީ 2010 ވަނަ އަހަރު ރިލީޒްކުރި ފިލްމް، މައި ނޭމް އިޒް ހާން ގައި އެސިސްޓަންޓް ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އަދި 2012 ވަނަ އަހަރު ރިލީޒްކުރި ފިލްމް ސްޓޫޑަންޓް އޮފް ދަ އިޔާ އިން އެކްޓަރެއްގެ ގޮތުގައި ފެނިގެންދިޔައެވެ.