އަބިޝެކް އާއިލާއާއެކު ހައިދްރަބާދަށް

ބޮލީވުޑްގެ ތަރި އަބިޝެކް ބައްޗަން، އޭނާގެ އާއިލާއާއެކު ހައިދްރަބާދަށް ހިނގައްޖެއެވެ.

ހުކުރު ދުވަހަކީ، އަބިޝެކް ބައްޗަންގެ 45 ވަނަ އުފަންދުވަހެވެ. އެ ދުވަހު ހެނދުނު ފިލްމެއްގެ ޝޫޓިންގައި އުޅުމަށްފަހު އަބިޝެކް އޭނާގެ އަނބިމީހާ އައިޝްވާރިއާ ރާއީ އަދި ދަރިފުޅު އަރާދިއާ އާއެކު ހައިދްރަބާދަށް ދަތުރުކުރީ ހުކުރު ދުވަހުގެ މެންދުރުފަހުއެވެ.

އަބިޝެކްއާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އުފަންދުވަސް އޭނާ ހޭދަކުރަން ބޭނުންވަނީ އާއިލާއާއެކުގައެވެ. ނަމަވެސް އެންމެ ފުރިހަމައަށް އުފަންދުވަސް ފާހަގަ ކުރެވޭނީ މަސައްކަތު މާހައުލުގައި ކަމަށާއި އުފަންދުވަހު އާއިލާއަށްވެސް ވަގުތު ދޭން ބޭނުންވާ ކަމަށް އަބިޝެކް ބުންޏެވެ. އަބިޝެކް ބުނީ މަސައްކަތް ނުކުރެވޭ ނަމަ އުފަންދުވަސް، އުފަންދުވަހަކަށްވެސް ނުވާ ކަމަށެވެ.