ޓިމޮތީ - ފައިލް ފޮޓޯ އިންސްޓަގްރާމް

ވިލީ ވޮންކާގެ ރޯލަށް ޓިމޮތީ

ވޯނާ ބްރޮސްގެ ފިލްމް "ވޮންކާ" ގައި، "ވިލީ ވޮންކާ" ގެ ރޯލަށް އެކްޓަރު ޓިމޮތީ ޝެލަމޭޓް ހަމަޖައްސައިފިއެވެ.

މި ފިލްމަކީ "ޗާލީ އެންޑް ދަ ޗޮކްލެޓް ފެކްޓްރީ" ގެ ޕްރިކުއެލްއެކެވެ. 2023 ވަނަ އަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމުން، "ވިލީ ވޮންކާ" ގެ ކުޑައިރުގެ ވާހަކަތައް ގެނެސްދޭނެއެވެ.

ފިލްމް "ޗާލީ އެންޑް ދަ ޗޮކްލެޓް ފެކްޓްރީ" އަކީ، ވިލީ ވޮންކާ ނަމަކަށް ކިޔާ މީހަކު ހިންގާ ޗޮކްލެޓް ފެކްޓްރީއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ނަސީބުވެރި ފަސް ފަރާތަކަށް، އެ ފެކްޓްރީ ދައްކާލުމުގެ ފުރުސަތު ވިލީ ވޮންކާ ހުޅުވާލާއިރު، އެ ފުރުސަތު ލިބޭ އެއް ކުއްޖަކީ ޗާލީއެވެ.

ވޮންކާގެ ކެރެކްޓާ އެންމެ ފުރަތަމަ ސިނަމާއަށް ގެނެސްފައިވަނީ 1971 ވަނަ އަހަރު "ވިލީ ވޮންކާ އެންޑް ދަ ޗޮކްލެޓް ފެކްޓްރީ" ގެ ނަމުގައެވެ. "ޗާލީ އެންޑް ދަ ޗޮކްލެޓް ފެކްޓްރީ" ރިލީޒްކުރީ 2005 ވަނަ އަހަރުއެވެ.