ރެމޯ

ރެމޯ ހޮސްޕިޓަލުން ދޫކޮށްލައިފި

ބޮލީވުޑްގެ ޑައިރެކްޓަރު އަދި ކޮރިއޮގްރާފަރު، ރެމޯ ޑި ސޫޒާއަށް ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

މީގެ ދުވަސްކޮޅެއް ކުރިން، ރެމޯ ހޮސްޕިޓަލްގައި އެޑްމިޓްކުރީ އޭނާއަށް ހާޓް އެޓޭކެއް ޖެހުމުންނެވެ. ރެމޯ މިހާރު ހުރީ ގޭގައި ކަން އޭނާގެ އަންހެނުން ކަށަވަރުކޮށްދީފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ހާޓް އެޓޭކް ޖެހިގެން ރެމޯ ހޮސްޕިޓަލަށް ގެންދެވުމާއެކު ވަނީ އޮޕަރޭޝަނެއް ކޮށްފައެވެ. އެއަށްފަހު އައިސީޔޫގައިވެސް ވަނީ ފަރުވާދީފައެވެ.

"އޭބީސީޑީ" އާއި "ދަ ރޭސް 3" ޑައިރެކްޓްކުރި ރެމޯއަށް ހާޓް އެޓޭކް ޖެހުނީ އޭނާ ގޭގައި ހުއްޓައެވެ. ރެމޯ ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ އަންހެނުންނާއި ގާތް އެކުވެރިންނާއި އަވަށްޓެރިންގެ އެހީތެރިކަމާއެކުގައެވެ.