ބާރަތުގައި ސަލްމާން ހާން

"ބާރަތު" ގެ އާމްދަނީ 300 ކްރޯޑަށް

ސަލްމާން ހާނާއި ކެޓްރީނާ ކައިފް ލީޑް ރޯލުން ފެނިގެންދާ ފިލްމް "ބާރަތު" ރިލީޒްކުރީ މިއަހަރުގެ ފިތުރު އީދު ދުވަހުއެވެ. ފިލްމް ރިލީޒްކުރިތާ ތިން ހަފުތާ ވެގެންދިޔައިރު ދުނިޔޭގެ އެކިކަންކޮޅުތަކުން މި ފިލްމަށް 325 ކްރޯޑް ރުޕީސް ލިބިފައިވެއެވެ.

އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމްވެގެން ގޮސްފައިވަނީ މިއަހަރު ރިލީޒްކުރި ބޮލީވުޑް ފިލްމްތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމަށެވެ.

ފިލްމް "ބާރަތު" އަކީ ކޮރެއަން ފިލްމެއް ކަމަށްވާ "އޯޑް ޓު މައި ފާދާ" ގެ ރިމޭކެކެވެ. މި ފިލްމުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ދިޝާ ޕަތާނީ، ތާބޫ އަދި ޖެކީ ޝްރޮފް ހިމެނެއެވެ.

ބޮކްސް އޮފީހުގައި ފިލްމް "ބާރަތު" އާ މިހާރު އެންމެ ވާދަވެރި ފިލްމަކީ މިމަހުގެ 21 ވަނަ ދުވަހު އިންޑިއާގައި ރިލީޒްކުރި ފިލްމް "ކަބީރް ސިންގް" އެވެ.  ހަ ދުވަހުގެ ތެރޭގައި "ކަބީރް ސިންގް" އަށް ވަނީ 120 ކްރޯޑް ރުޕީސް ލިބިފައެވެ.