ކިންގްސްމޭން

"ދަ ކިންގްސް މޭން": "ކިންގްސްމޭން" ފެށިގެން އައިގޮތް

"ކިންގްސްމޭން" ފްރެންޗައިސްގެ ތިން ވަނަ ފިލްމަކީ ފުރަތަމަ ދެ ފިލްމާއި ވަރަށް ތަފާތު ފިލްމެކެވެ. ފްރެންޗައިޒްގެ ތިންވަނަ ފިލްމް "ދަ ކިންގް'ސް މޭން" ގައި ބެލުންތެރިން ފުރަތަމަ ބޮޑު ހަނގުރަމައިގެ ތެރެއަށް ގެންގޮސްދެނީ ކިންގްސްމޭން ފެށިގެން އައިގޮތް ދައްކުވައިދޭށެވެ.

ކިންގްސްމެން ފްރެންޗައިސްގެ ފުރަތަމަ ދެ ފިލްމަކީ "ކިންގްސްމޭން: ދަ ސީކްރެޓް ސާވިސް" އާއި "ކިންގްސްމޭން" ދަ ގޯލްޑެން ސާކަލް" އެވެ.

މި ފްރެންޗައިޒްގެ ތިންވަނަ ފިލްމް، "ދަ ކިންގް'ސް މޭން" ޑައިރެކްޓް ކޮށްފައިވަނީ މި ފްރެންޗައިސްގައި ކުރިން ނުކުތް ދެ ފިލްމުވެސް ޑައިރެކްޓްކުރި މެތިއު ވޯންއެވެ. އިންޓަވިއުއެއްގައި މެތިއު ބުނެފައިވާ ގޮތުން މި ޕްރީކުއެލް އަކީވެސް ކުރީގެ ދެ ފިލްމަށް ބިނާކޮށްފައިވާ ވާހަކައެކެވެ. މި ފިލްމާއި  މިހާރު މަސައްކަތް ފެށިފައިވާ "ކިންގްސްމޭން 3" ބެލުންތެރިން ބަލައިގަނެފިނަމަ މިހާރު މަސައްކަތް ފެށިފައިވާ ސްޕިންއޮފް ސީރީސް "ސްޓޭޓްސްމޭން" ގެ އިތުރުން އިތުރު ދެ ފިލްމު އުފައްދާނެއެވެ.

"ދަ ކިންގް'ސް މޭން" ގައި ފްރެންޗައިޒްގެ ފުރަތަމަ ދެ ފިލްމުގައި ހިމެނޭ އެއްވެސް ތަރިއެއް ނުފެންނާނެއެވެ. ނަމަވެސް ބްރިޓީޝްގެ އެންމެ މޮޅު އެކްޓަރުން މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެއެވެ. އޭގެ ތެރޭގައި ހެރިސް ޑިކެންސަން އަދި ރަލްފް ފިއެނެސް ހިމެނެއެވެ.

ފިލްމުގެ ޓްރެއިލާ ނުކުމެފައިވާއިރު، ޓްރެއިލާ ފުރިފައިވަނީ ހަނގުރާމައެވެ. މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ ފެބްރުއަރީ 14 ވަނަ ދުވަހުއެވެ.