ވަރުންނަށް ކޮވިޑް ވެކްސިން ދެނީ- ފޮޓޯ ވަރުން ދާވަން އިންސްޓަގްރާމް

ވަރުން ދާވަން ކޮވިޑް ވެކްސިން ޖަހައިފި

އެކްޓަރު ވަރުން ދާވަން، ކޮވިޑް-19 ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިއެވެ.

ވަރުން ދާވަން، ކޮވިޑް-19 ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ ހޮނިހިރު ދުވަހުއެވެ. އުމުރުން 34 އަހަރުގެ އެކްޓަރު ވެކްސިން ޖަހާފައިވަނީ ސާރ އެޗްއެން ރިލައިއެންސް ފައުންޑޭޝަން ހޮސްޕިޓަލުންނެވެ.

ވެކްސިން ޖަހަނިކޮށް ނަގާފައިވާ ފޮޓޯއެއް، ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ކުރި ޕޯސްޓްގައި ވަރުން ވަނީ ޑޮކްޓަރުންނަށް ޝުކުރު އަދާކޮށްފައެވެ.

ފިލްމް "ޖަގް ޖަގް ޖީޔޯ" ގެ ޝޫޓިން ކުރިއަށް ދަނިކޮށް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވަރުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެ ފިލްމްގެ އިތުރު ތަރިންގެ ތެރޭގައި ހިމެނޭ ނީތޫ ކަޕޫރާއި ޑައިރެކްޓަރު ރާޖް މެހްތާ ވެސް ކޮވިޑަށް ޕޮޒިޓިވްވިއެވެ.

އިންޑިއާގައި މިހާރު އަންނަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ކޮވިޑް-19 ވެކްސިން ދެމުންނެވެ.