ރިތިކް ރޯޝަން

ރިތިކް ބަރުދަން ލުއިކުރަނީ

ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަން، އޭނާގެ ކުރިއަށް އޮތް ފިލްމަށް ބަރުދަން ލުއިކުރަން ފަށައިފިއެވެ.

ރިތިކް ރޯޝަންގެ ކުރިއަށް އޮތް ފިލްމަކީ "ފައިޓާ" އެވެ. މި ފިލްމްގައި ރިތިކްއާއެކު ދިޕިކާ ޕަދުކޯން ފެނިގެންދާނެއެވެ. މި ފިލްމްގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި ފިލްމަށް ތައްޔާރުވުމުގެ ގޮތުން، ރިތިކް ވަނީ 12 ހަފުތާގެ ފިޒިކަލް ޓްރާންސްފޮމޭޝަނެއް ފަށާފައެވެ. މިއީ ފިލްމް "ވިކްރަމް ވޭދާ" އަށް އިތުރުކުރި ބަރުދަން ލުއި ކުރުމަށް ކުރާ މަސައްކަތެކެވެ.

ފިލްމް "ފައިޓާ" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.