ޔާމީ ގޯތަމް

ނެގި ރިސްކްތަކާމެދު ހިތްހަމަޖެހޭ : ޔާމީ

ކެރިއާގައި ނެގި ރިސްކްތަކާމެދު ހިތްހަމަޖެހޭ ކަމަށް އިންޑިއާގެ ބަތަލާ ޔާމީ ގޯތަމް ބުނެފިއެވެ.

ފިލްމް "ބޫތު ޕޮލިސް" ގެ ޝޫޓިން ދާދިފަހުން ނިންމާލާފައިވާ ބަތަލާ ޔާމީ ގޯތަމް ބުނީ އުސްގަނޑުތަކާއި އަޑިގުޑަންތަކާއި ކުރިމަތިވެފައިވާ ކަމަށެވެ. ޔާމީ ބުނި ގޮތުގައި ކާމިޔާބީ އާއި ނާކާމިޔާބީއިން ފާއިތުވި އަހަރުތަކުގެ ތެރޭގައި ވަރަށް ގިނަ ކަންކަން އޭނާއަށް ވަނީ ދަސްވެފައެވެ.

އުމުރުން 32 އަހަރުގެ ބަތަލާ ބުނި ގޮތުގައި އޭނާ ކުރަން ބޭނުންވަނީ ރަނގަޅު މަސައްކަތެކެވެ. އެ މަސައްކަތަކީ ދުވަސްތަކެއް ފަހުންވެސް އެ މަސައްކަތަކާމެދު ފަހުރުވެރިވެވޭވަރުގެ މަސައްކަތަކަށް ވާން ބޭނުންވާ ކަމަށް ޔާމީ ވަނީ ބުނެފައެވެ.

ޔާމީ ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި "އޫރީ: ދަ ސާޖިކަލް ސްޓްރައިކް" އާއި "ވިކީ ޑޯނާ" އާއި "ކާބިލް" އަދި "ބާލާ" ހިމެނެއެވެ.