ޖޯން އަބްރަހަމް ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގެ ސްކްރީން ޝޮޓް

ޖޯން އަބްރަހަމްގެ ކުރިއަށް އޮތް ފިލްމަކީ %100

ބޮލީވުޑްގެ އެކްޓަރު ޖޯން އަބްރަހަމްގެ ކުރިއަށް އޮތް ފިލްމްގެ ނަން ހާމަކޮށްފިއެވެ. ޖޯން އަބްރަހަމްގެ ކުރިއަށް އޮތް ފިލްމަކީ "%100" އެވެ.

ފިލްމްގެ މައުލޫމާތު، ޖޯން އަބްރަހަމް ހާމަކުރީ ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯއެއް މެދުވެރިކޮށެވެ. ވީޑިއޯގައިވާ ގޮތުން، މި ފިލްމަކީ 20 އިންސައްތަ ކޮމެޑީ، 20 އިންސައްތަ ރޮމޭންސް، 20 އިންސައްތަ ކޮންފިއުޝަން (އޮޅުންބޮޅުން)، 20 އިންސައްތަ މިއުޒިކް އަދި 20 އިންސައްތަ އެކްޝަންއާއެކު ޖުމްލަ 100 އިންސައްތައިގެ ފިލްމެކެވެ.

ފިލްމްގެ ކާސްޓުންގެ ތެރޭގައި ރިތޭޝް ދޭޝްމުކް، ޝެހެނާޒް ގިލް އަދި ނޯރާ ފަތޭހީ ހިމެނެވެ.