ބޫތު: ޕާޓް ވަން - ދި ހޯންޓެޑް ޝިޕްގެ މަންޒަރެއް

"ބޫތު: ޕާޓް ވަން - ދަ ހޯންޓެޑް ޝިޕް" ގެ އާ ޓީޒާ ދައްކާލައިފި

ޒީ ސްޓޫޑިއޯސް އާއި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އުފައްދާ ބިރުވެރި ފިލްމް "ބޫތު: ޕާޓް ވަން –  ދަ ހޯންޓެޑް ޝިޕް" ގެ އާ ޓީޒާ ދައްކާލައިފިއެވެ.

މި ފިލްމަކީ ފަޅު އާގުބޯޓެއްގައި ހިނގާ ކަންތައްތަކެއް ކިޔައިދޭ ފިލްމެކެވެ. ހުކުރު ދުވަހު އާންމު ކުރި ޓީޒާގައި، އެ ފަޅު އާގުބޯޓުން ސަލާމަތްކޮށްދިނުމަށް ކުޑަ އަންހެން ކުއްޖަކު ވިކީ ކޯޝަލް ގާތުން އެދެއެވެ. ވިކީ އެ ކުއްޖާ އުރާލުމާއެކު އެ ކުއްޖާ ބަދަލުވެގެންދަނީ ބިރުވެރި ސިފައެއްގައިވާ ބުދަކަށެވެ.

މި މަހުގެ 21 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމުން ބޫމީ ޕެޑްނޭކަރުވެސް ފެނިގެންދާނެއެވެ.

ބާނޫ ޕްރަތާބް ސިންގް ޑައިރެކްޓްކުރާ މި ފިލްމަކީ މުމްބާއީގައި ހިނގި ހަގީގީ ހާދިސާއެއްގެ މައްޗަށް އުފައްދާ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.