ނިކް އާއި ޕްރިޔަންކާ ގެއެއް ގަނެފި، އަގަކީ 20 މިލިއަން ޑޮލަރު

އާއިލާއެއް ފެށުމަށް އަގުބޮޑު ގެއެއް ގަތުމަކީ ނިކް ޖޯނަސް އާއި އޭނާގެ އަނބިމީހާ ޕްރިޔަންކާ ޗޯޕްރާ އަބަދުވެސް ކުރަން ބޭނުންވި ކަމެކެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ދެމަފިރިން މިހާރު ވަނީ އެމެރިކާގެ ލޮސް އެންޖަލްސް އިން އަގުބޮޑު ގެއެއް ގަނެފައެވެ.

ބޮޑުމިނުގައި 000،20 އަކަފޫޓު ހުންނަ މިގޭގައި ހަތް ކޮޓަރި އާއި 11 ފާހާނާ ހުރެއެވެ. މިގޭގެ އަގު 20 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 308 މިލިއަން ރުފިޔާ، 144 ކްރޯޑް ރުޕީސް) އަށް އަރައެވެ. މި ގެއާ ގުޅޭ މާބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެއެވެ.

ނިކް ޖޯނަސް އާއި ޕްރިޔަންކާ ލޮސް އެންޖަލްސް އިން ގެއެއް ގަނެފައިވާއިރު، ނިކްގެ ބޭބެ އަދި ލަވަކިޔުންތެރިޔާ ޖޯއީ ޖޯނަސް އާއި ޖޯއީގެ އަނބިމީހާ، އެކްޓްރެސް ސޯފީ ޓާނާވެސް ވަނީ ގެއެއް ގަނެފައެވެ.

ޖޯއީ އާއި ސޯފީ ޓާނާ ގަތް ގެ ހުންނަނީ ނިކްގެ ދެމަފިރިން ގަތް ގެއާއި ތިން މޭލު ދުރުގައެވެ. ޖޯއީ އާއި ސޯފީ ގަތް ގޭގެ އަގު 14 މިލިއަން ޑޮލަރަށް އަރާއިރު މިގެއަކީ 000،15 އަކަފޫޓުގެ ގެއެކެވެ. މިގޭގައި 10 ކޮޓަރި އާއި 14 ފާހާނާ ހުންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.