"ވޮންޑަ ވުމަން 1984" އިންޑިއާގައި ރިލީޒްކުރާނީ މިމަހުގެ 24 ގައި

އެކްޓްރެސް ގަލް ގެޑޯ ލީޑް ރޯލުން ފެނިގެންދާ ފިލްމް، "ވޮންޑަ ވުމަން 1984" މިމަހުގެ 24 ވަނަ ދުވަހު އިންޑިއާގައި ރިލީޒްކުރަން ނިންމައިފިއެވެ.

ޕެޓީ ޖެންކިންސް ޑައިރެކްޓްކުރާ މި ފިލްމް، އިނގިރޭސި، ހިންދީ، ތަމަޅަ އަދި ޓެލުގޫ ބަހުން އިންޑިއާގައި ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ކޮވިޑް-19 އާ ގުޅިގެން ސިނަމާތައް ހުޅުވާލާނީ ސިނަމާގެ ޖާގައިގެ 50 އިންސައްތަ އޮކިއުޕެންސީގައެވެ.

މި ފިލްމް ސިނަމާތަކުގެ އިތުރުން އެޗްބީއޯ މެކްސް ގައި ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ. ބައެއް ގައުމުތަކުގައި މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އެޗްބީއޯ މެކްސް އަދި އެމެރިކާގެ ސިނަމާތަކުގައި މި ފިލްމް އަޅުވާނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.