"ޓޮމް އެންޑް ޖެރީ" ގެ ލައިވް އެކްޝަން ފިލްމެއް

"ޓޮމް އެންޑް ޖެރީ" އަކީ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ކްލާސިކް ކާޓޫނެކެވެ. ހޮލީވުޑްގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން "ޓޮމް އެންޑް ޖެރީ" ގެ ލައިވް-އެކްޝަން/އެނިމޭޓެޑް ހައިބްރިޑް ފިލްމެއް އުފެއްދުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

މި ފިލްމްގެ ކާސްޓުންގެ ތެރޭގައި ކެން ޖިއޯންގް، ރޮބް ޑެލަނޭ، ޖޯޑަން ބޯލްގާ އަދި ޕައްލަވީ ޝާރްދާ ހިމެނެއެވެ.

މިހާތަނަށް ގެނެސްދީފައިވާ "ޓޮމް އެންޑް ޖެރީ" ގެ ކާޓޫންގެ އެޕިސޯޑްތަކޭ އެއްފަދައިން މި ފިލްމުންވެސް "ޓޮމް" އާއި "ޖެރީ" ގެ މެދުގައި ހިނގާ ހަމަނުޖެހުންތައް ފެނިގެންދާނެއެވެ.

ޓިމް ސްޓޯރީ ޑައިރެކްޓްކުރާ މި ފިލްމް ޕްރޮޑިއުސްކުރަނީ، އެމެރިކާގެ ފިލްމް ޕްރޮޑިއުސަރު ކްރިސްޓޮފާ ޑިފާރިއާއެވެ. މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައި ކަމަށް ހޮލީވުޑްގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.