ކާތިކް- ފައިލް ފޮޓޯ ކާތިކް އިންސްޓަގްރާމް

ކާތިކްއަށް އައިއޭއެފް ޕައިލެޓެއްގެ ރޯލު

އިންޑިއާގެ އެކްޓަރު ކާތިކް އާރްޔަންއަށް އިންޑިއަން އެއާފޯސްގެ ޕައިލެޓެއްގެ ރޯލު ލިބިއްޖެއެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، މި ފިލްމަކީ އިންޑިއާގެ ފިލްމް ޑައިރެކްޓަރު ހަންސަލް މެހްތާގެ ފިލްމެކެވެ. މި ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައަކަށް އުފައްދާ ފިލްމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިންޑިއަން އެއާފޯސް (އައިއޭއެފް) ގެ ޕައިލެޓެއްގެ ގޮތުގައި ކާތިކް ފެނިގެންދާއިރު، ފިލްމް ބިނާވެފައިވަނީ ރެސްކިއު އޮޕަރޭޝަނަކަށެވެ.

އުމުރުން 30 އަހަރުގެ އެކްޓަރު، ފިލްމީ ދާއިރާގައި ހަރަކާތްތެރިވާތާ މިހާރު ވަނީ 10 އަހަރުވެފައެވެ.

ކާތިކް ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި "ޕިޔާރް ކާ ޕަންޗްނާމާ" އާއި "ސޯނޫ ކޭ ޓީޓޫ ކީ ސްވިޓީ" އަދި "ގެސްޓް އިން ލަންޑަން" ހިމެނެއެވެ.