ޝާހު އެއާޕޯޓުގައި: ފޮޓޯ ޑީއެންއޭ

ޝާހުރުކް ހާން ފޭނެއް ދެކެ ހިތްހަމަނުޖެހިއްޖެ

އިންޑިއާގެ މުމްބާއީގެ އެއާޕޯޓެއްގައި ޝާހުރުކް ހާންއާއި މާ ބޮޑަށް ގާތް ވެގެން އޭނާގެ ފޭނެއް ސެލްފީއެއް ނަގަން އުޅުމުން ޝާހުރުކް ހާން ހިތްހަމަނުޖެހިއްޖެއެވެ. 

އެއާޕޯޓުން ނުކުތްވަގުތު ޝާހުގެ އަތުގައި ހިފައި ދަމައިގަނެ ސެލްފީއެއް ނަގަން މީހަކު މަސައްކަތް ކުރުމުން އޭނާ ވަނީ ވަރަށް ބޮޑަށް ނުރުހުންވެ ހުރެ ދުރަށް ޖެހިފައެވެ. 

ޝާހުއާއި އޭނާގެ ފޭނާއި ދެމެދަށް ވަދެ ޝާހު ސަލާމަތްކޮށްދިނީ އޭނާގެ ދޮށީ ފިރިހެން ދަރިފުޅު އަރްޔަން އެވެ. ގިނަ ބަޔަކު އަންނަނީ އަރްޔަން އަށް ތައުރީފް ކުރަމުންނެވެ. 

މިހާދިސާ ހިނގިއިރު ޝާހުގެ ހަގު ފިރިހެން ދަރިފުޅު އަބްރަމް ވެސް ހުއްޓެވެ. 

މިކަމާ ގުޅޭގޮތުން ޝާހު ފަހުން ވާހަކަ ދައްކާފައެއް ނުވެއެވެ.