ސާރާ އަލީ ޚާން -ފޮޓޯ ފޭސްބުކް

ކަރަންގެ ދެ ފިލްމަކަށް ސާރާ

ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންގެ ދެ ފިލްމެއް ކުޅުމުގެ ފުރުސަތު ސާރާ އަލީ ޚާން ލިބިއްޖެއެވެ.

ކަރަން ޖޯހަރް ބުނީ އޭނާ ޕްރޮޑިއުސްކުރާ ފިލްމަކުން ސާރާ ފެނިގެންދާނެ ކަމަށާއި ފިލްމް ރިލީޒްކުރާނީ އެމެޒޮންގައި ކަމަށެވެ. އޭގެ އިތުރަށް އެހެން ފިލްމަކުންވެސް ސާރާ ފެނިގެންދާނެ ކަމަށް ކަރަން ޖޯހަރް ބުންޏެވެ.

އިންޑިއާގެ އެކްޓްރެސް އަމްރިތާ ސިންގް އަދި ސައިފް އަލީ ޚާންގެ ދަރިފުޅު، ސާރާ އަލީ ޚާން މިހާތަނަށް ފަސް ފިލްމަކުން ފެނިގެން ގޮސްފައިވެއެވެ. އޭގެ ތެރޭގައި ސިމްބާ، ލަވް އާޖްކަލް އަދި ކޫލީ ނަންބަރު 1 ހިމެނެއެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން މިފަހުން ރިޕޯޓްކުރި ގޮތުގައި ތާރީހު ކިޔައިދޭ ފިލްމަކުން ސާރާ ފެނިގެންދާނެއެވެ. އެ ފިލްމަކީ 1942 ގެ ކުއިޓް އިންޑިއާ މޫވްމެންޓަށް ބިނާކޮށް އުފައްދާ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.