ފިލްމްގެ މަންޒަރެއް

"ޓޮމް އެންޑް ޖެރީ" ފިލްމްގެ ޓްރެއިލާ ދައްކާލައިފި

ވޯނާ ބްރޯސް އިން ގެނެސްދޭ "ޓޮމް އެންޑް ޖެރީ" ފިލްމްގެ އޮފިޝަލް ޓްރެއިލާ ދައްކާލައިފިއެވެ.

ދެ މިނެޓާއި 24 ސިކުންތުގެ މި ޓްރެއިލާއިން ފެނިގެންދަނީ ޓޮމް އެންޑް ޖެރީ، ނިއު ޔޯކްގައި އުޅޭ މަންޒަރެވެ. ނިއު ޔޯކްގެ މަންޒަރުތައް ފެނިގެންދިޔަ ނަމަވެސް، ޓޮމް އެންޑް ޖެރީ ފެނިގެންދަނީ އެނިމޭޓެޑްކޮށެވެ.

ނިއު ޔޯކްގެ ހޮޓަލެއްގައި އުޅޭ މީދަލެއް (ޖެރީ) ގެ ކިބައިން ސަލާމަތްވުމަށް ބުޅަލެއް (ޓޮމް) ގެނައުމުން ހިނގާ ކަންކަން މި ފިލްމުން ކިޔައިދެއެވެ. ޓިމް ސްޓޯރީ ޑައިރެކްޓްކުރާ މި ފިލްމުން އެމެރިކާގެ އެކްޓްރެސް ކްލޯއީ ގްރޭސް މޮރެޓްޒް ފެނިގެންދާނެއެވެ.

ވޯނާ ބްރޯސް އިން ހާމަކުރާ ގޮތުގައި މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ސިނަމާތަކުގައެވެ.