ޓޮމް ހޭންކްސް އާއި ރީޓާ

ހޯމް އައިސޮލޭޝަންގައި ހުރިއިރު ޓޮމް "ފޫހި"ވެފައި!

ހޯމް އައިސޮލޭޝަންގައި ތިބިއިރު، "ފޫހި"ވެފައިވާ ކަމަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ހޭންކްސް ބުނެފިއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19 އަށް ޓޮމް ހޭންކްސް އާއި އޭނާގެ އަންހެނުން ރީޓާ ވިލްސޮން ޕޮޒިޓިވްވެފައިވާއިރު، އެ ދެމީހުންނަށް ވަނީ ހޮސްޕިޓަލުގައި ފަރުވާދީފައެވެ. ޓޮމް އާއި ރީޓާއަށް ކޮވިޑް-19 ޖެހިފައިވާކަން އެނގުނީ އެމީހުން އޮސްޓްރޭލިއާއަށް ގޮސް އުޅެނިކޮށެވެ. މިހާރު އެ ދެ މީހުން ތިބީ އޮސްޓްރޭލިއާގައި ހޯމް އައިސޮލޭޝަންގައެވެ.

ޓޮމް ބުނީ މިހާރު ހުމުގެ އަސަރު ނެތް ކަމަށާއި ގޭގައި ތިބިއިރު، ގޭތެރޭގައި ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ.

އެލްވިސް ޕްރިސްލީގެ ބައޮޕިކްގެ ޝޫޓިންއަށް، ޓޮމް އާއި ރީޓާ އޮސްޓްރޭލިއާއަށް ދިޔައީ ޖެނުއަރީ މަހުގެ ތެރޭގައެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމްގައި ޓޮމް ހޭންކްސް ފެނިގެންދާނީ އެލްވިސްގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރި ކާނަލް ޓޮމް ޕާކާގެ ރޯލުންނެވެ.