ބައެއް ޓީވީ ޝޯތަކާއި ސީރީޒްތަކުގެ ޕްރޮޑަކްޝަން ހުއްޓާލައިފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު، އޭގެ ނޭދެވޭ އަސަރު މިވަނީ މުނިފޫހިފިލުވުމުގެ ދާއިރާއަށްވެސް ވަރަށް ބޮޑަށްކޮށްފައެވެ. މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ކުރިއަށް ޝެޑިއުލް ކުރެވިފައިވާ ބައެއް ޓީވީ ސީރީޒްތަކާއި ޓީވީ ޝޯތަކުގެ ޕްރޮޑަކްޝަން ވަނީ ހުއްޓާލާފައެވެ. އަދި ބައެއް ޓީވީ ސީރީޒްތަކާއި ޝޯތަކުގެ ޕްރޮޑަކްޝަން ވަނީ ފަސްކުރެވިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާ އަދި ކެނެޑާގައި ނެޓްފްލިކްސްގެ ސްކްރިޕްޓެޑް ފިލްމްތަކާއި ޓީވީ ޕްރޮޑަކްޝަންތަކުގެ މަސައްކަތް ވަނީ ހުއްޓާލާފައެވެ. ވާނާ ބްރޮސް އާއި ޑިޒްނީ ޓީވީގެ ގިނަ ޕްރޮޑަކްޝަންތަކެއް މި ވަގުތަށް ވަނީ މެދުކަނޑާލާފައެވެ.

ޓީވީ ސީރީޒްތަކުގެ ތެރެއިން މިހާތަނަށް މަސައްކަތް ނިމިފައިވާ އެޕިސޯޑްތައް ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މެދުކަނޑާލާފައިވަނީ ކުރިއަށް ޝޫޓް ކުރުމަށް ހަމަޖެހިފައިވާ އެޕިސޯޑްތަކުގެ މަސައްކަތްތަކެވެ.

ޕްރޮޑަކްޝަން މިވަގުތަށް ހުއްޓާލާފައިވާ ނުވަތަ މަޑު ޖައްސާލާފައިވާ ބައެއް ޓީވީ ސީރީޒް އަދި ޝޯތައް: މަސްދަރު ވެރައިޓީ.ކޮމް

"ސުޕަނެޗުރަލް"

"ސްޓްރޭންޖާ ތިންގްސް" - ރިޕޯޓްތައް ބުނާ ގޮތުން ހަތަރު ވަނަ ސީޒަންގެ ޕްރޮޑަކްޝަން މިވަގުތަށް ވަނީ ހުއްޓާލާފަ.

"ދި އެލެން ޝޯ" - ޝޯ ހޯސްޓްކުރާ އެލެން ޑިޖެނެރެސް ކުރި ޓްވީޓެއްގައި ބުނީ، ޝޯގެ ޕްރޮޑަކްޝަން މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ހުއްޓާލާފައިވާ ކަމަށް.

"ދި ވޯކިންގް ޑެޑް" - މަސްދަރުތަކާއި ހަވާލާދީ ވެރައިޓީ.ކޮމް އިން ރިޕޯޓްކޮށްފައިވާ ގޮތުން ސީރީޒްގެ ޕްރޮޑަކްޝަން ވަނީ ތިން ހަފުތާ އާއި ހަތަރު ހަފުތާގެ މުއްދަތަކަށް ފަސްކުރެވިފަ.

"ފިއާ ދަ ވޯކިން ޑެޑް"

"ސީ" - އެޕަލް ޓީވީ ޕްލަސްގެ މި ސީރީޒްގެ ދެވަނަ ސީޒަންގެ ޕްރޮޑަކްޝަން ވަނީ ހުއްޓާލާފަ.

"ބެޓްވުމަން" – މިއީ މިދިޔަ އަހަރު ފެށި ސީރީޒެއް. މި ސީރީޒްގެ ފުރަތަމަ ސީޒަންގެ އެޕިސޯޑްތައް ދައްކަމުންދާއިރު، މި ސީރީޒްގެ ޕްރޮޑަކްޝަން ވަނީ ވަގުތީ ގޮތުން ހުއްޓާލާފަ.

"ދަ ފްލޭޝް" - މި ސީރީޒްގެ ހަ ވަނަ ސީޒަން ދައްކަމުންދާއިރު، މި ސީރީޒްގެ ޕްރޮޑަކްޝަން ހުއްޓާލާފައިވާ ކަމަށް ރިޕޯޓްތައް ބުނޭ.

"ސުޕަގާލް" - ކުރިއަށް ހުރި ޕްރޮޑަކްޝަންތައް ހުއްޓާލާ ސުޕަހީރޯ ޝޯތަކުގެ ލިސްޓްގައި މި ސީރީޒްވެސް ހިމެނޭ.

އެމެރިކާސް ގޮޓް ޓެލެންޓް ގެނެސްދޭ ގޮތް ވަނީ ބަދަލުކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ޝޯ ކުރިއަށްދާނީ ސްޓޫޑިއޯ އޯޑިއެންސްއާ ނުުލައެވެ. މިއީ ކާސްޓުންނާއި ކްރޫން އަދި ޝޯއަށް އަންނަ އެންމެންގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅެކެވެ.

ކޮރޯނާ ވައިރަސް ފެތުރެމުންދާތީ ބޮލީވުޑް އަދި ހޮލީވުޑްގެ ބައެއް ފިލްމްތައް ރިލީޒްކުރުންވެސް ވަނީ ފަސްކޮށްފައެވެ. އަދި ބައެއް ގައުމުތަކުގައި ސިނަމާތައް ވަނީ ބަންދުކުރެވިފައެވެ.