ޔާޝް ޗޯޕްރާގެ އަންހެނުން ޕަމެލާ މަރުވެއްޖެ

ޔާޝް ޗޯޕްރާގެ އަންހެނުން ޕަމެލާ ޗޯޕްރާ އުމުރުން 74 އަހަރުގައި މަރުވެއްޖެ އެވެ.

ޕަމެލާ މަރުވީ މުމްބާއީގެ ހޮސްޕިޓަލެއްގައި ފާއިތުވި 15 ދުވަހު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނިކޮށެވެ. އޭނާ މަރުވީ މުސްކުޅި ބަލީގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޕަމެލާ މަރުވުމުން ޔަޝް ރާޖް ފިލްމްސް އިން ވަނީ އާއިލާއަށް ތައުޒިޔާ ކިޔާފަ އެވެ.

ޕަމެލާ ވަނީ ޔަޝް ރާޖް ފިލްމްގެ ބައެއް ފިލްމްތަކަށް ލަވަކިޔާފަ އެވެ. އޭގެ އިތުރުން ކޮސްޓިއުމް ޑިޒައިނަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެ އެވެ.

އަދިތްޔާ ޗޯޕްރާ އާއި އުދޭ ޗޯޕްރާއަކީ މަލެލާގެ ދަރިންނެވެ.