ޓޮޕް ގަން: މެވެރިކްގެ މަންޒަރެއް

ޓޮޕް ގަން: މެވެރިކް ރިލީޒްކުރުން ފަސްކޮށްފި

ޓޮމް ކްރޫޒްގެ "ޓޮޕް ގަން: މެވެރިކް" ރިލީޒްކުރުން އަނެއްކާވެސް ފަސްކޮށްފިއެވެ.

ކޮވިޑް-19 ގެ ސަބަބުން، މި ފިލްމް ރިލީޒްކުރާ ތާރީޚަށް މީގެ ކުރިންވެސް އެކިފަހަރު މަތިން ބަދަލު ގެނެސްފައިވެއެވެ. މިއަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހު ރިލީޒްކުރަން ހަމަޖެއްސި ފިލްމް މިހާރު ރިލީޒްކުރުމަށް ހަމަޖެހިފައިަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

ޓޮމް ކްރޫޒްގެ ފިލްމް "މިޝަން އިމްޕޮސިބަލް 7" ރިލީޒްކުރާ ތާރީޚުވެސް މިހާރު ވަނީ ފަސްކޮށްފައެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން "މިޝަން އިމްޕޮސިބަލް 7" ރިލީޒްކުރާނީ 2022 ވަނަ އަހަރުގެ މޭ މަހުގެ 27 ވަނަ ދުވަހުއެވެ. "މިޝަން އިމްޕޮސިބަލް 8" ރިލީޒްކުރުން މިހާރު ވަނީ 2023 އަށް ފަސްކޮށްފައެވެ.

ކޮވިޑް-19 ގެ ސަބަބުން 2020 އަދި 2021 ވަނަ އަހަރު ރިލީޒްކުރަން އޮތް ބޮލީވުޑް އަދި ހޮލީވުޑްގެ ގިނަ ފިލްމްތަކެއް ރިލީޒްކުރުން ފަސްކުރަން ޖެހުނެވެ.