
މަދޫރީ ޑިކްސިޓް ކޮވިޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހައިފި
ބޮލީވުޑްގެ ބަތަލާ މަދޫރީ ޑިކްސިޓް، ކޮވިޑް-19ގެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފިއެވެ.
ކޮވިޑް-19 ގެ ވެކްސިންގެ ދެވަނަ ޑޯޒް ޖެހިކަން އޭނާ ހާމަކުރީ ހޯމަ ދުވަހުއެވެ. ވެކްސިން ޖަހަމުން ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން މަދޫރީ ވަނީ ފުރުސަތު ލިބުމުން ވީހާވެސް އަވަހަށް ވެކްސިން ޖެހުމަށް އެންމެންގެ ކިބައިން އެދިފައެވެ.
މަދޫރީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓް ނިންމާލާފައިވަނީ ސްޓޭހޯމްސްޓޭސޭފް ހޭޝްޓެގްއާއެކުގައެވެ.
އިންޑިއާގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފާއިތުވި ހަފުތާ ތެރޭގައި، ކޮންމެ ދުވަހަކުވެސް އިންޑިއާއިން ތިން ލައްކައަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކުރެވިފައިވެއެވެ.