ޝްރައްދާ ކަޕޫރް ރާއްޖޭގައި
ބޮލީވުޑްގެ ތަރި ޝްރައްދާ ކަޕޫރާއި އޭނާގެ ބޭބެ ސިދާންތު ކަޕޫރް ރާއްޖެ ޒިޔާރަތްކޮށްފިއެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، އެ ފަންނާނުން ރާއްޖެ ޒިޔާރަތްކުރީ ޕްރިޔާންކް ޝަރްމާ އާއި ޝަޒާ މޮރާނީގެ ކައިވެނީގެ ހަފުލާއަށެވެ. ޕްރިޔާންކްއާ ޝްރައްދާއަކީ ކަޒިންސްއެވެ.
އިންޑިއާ.ކޮމް އިން ރިޕޯޓްކޮށްފައިވާ ގޮތުން ރާއްޖޭގައި ކައިވެނީގެ ހަފުލާއެއް ބޭއްވުމަށް އެ މީހުން ވަނީ ނިންމާފައެވެ. ކައިވެނީގެ ހަފުލާއަށް ޝްރައްދާ ކަޕޫރްގެ އާއިލާގެ މެންބަރުންވެސް ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. އޭގެ އިތުރުން ވަރުން ދާވަންވެސް މި ހަފުލާއަށް ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
މި ހަފުލާއަށް ޒިޔާރަތްކުރި ބައެއް މެންބަރުން ވަނީ ރާއްޖޭގައި ހުރެ ނަގާފައިވާ ބައެއް ފޮޓޯ އާއި ވީޑިއޯ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. ފޮޓޯ އާއި ވީޑިއޯ ހިއްސާކުރަމުން އެ މީހުން ބުނެފައިވަނީ އެ މީހުން ތިބީ އޮޒެން މާދޫގައި ކަމަށެވެ.