ސްޓިވީ ވޮންޑާ

ސްޓިވީ ވޮންޑާ ކިޑްނީ ޓްރާންސްޕްލާންޓަކަށް ތައްޔާރުވަނީ

ކިޑްނީ ޓްރާޏްސްޕްލާންޓެއް ހެދުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެމެރިކާގެ ލަވަލިޔުންތެރިޔާ ސްޓިވީ ވޮންޑާ ބުނެފިއެވެ.

ސްޓިވީ ވޮންޑާ އެކަން ހާމަކޮށްފައިވަނީ، ބްރިޓިޝް ސަމަރ ޓައިމް ހައިޑް ޕާކްގައި ޝޯއެއް ހުށަހަޅައި ދިނުމަށްފަހު، އެ ޝޯ އަށް ގޮޮސް ތިބި މީހުންނާ މުހާތަބުކޮށް ދެއްކި ވާހަކައިގައެވެ.

އުމުރުން 69 އަހަރުގެ ސްޓިވީ ވަނީ އޭނާގެ ހާލު އާންމު ގޮތެއްގައި ރަނގަޅު ކަމަށް ބުނެފައެވެ.

ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ޑޯނަރެއް ލިބިފައިވާ ކަމަށާއި އޮޕަރޭޝަން ކުރާނީ ސެޕްޓެމްބަރު މަހު ކަމަށް ސްޓިވީ ވަނީ ބުނެފައެވެ. އޮޕަރޭޝަން ކުރުމުގެ ކުރިން ތިން ޝޯ އެއް ހުށަހަޅައިދޭން ހަމަޖެހިފައިވާކަން ސްޓިވީ ވަނީ ހާމަކޮށްފައެވެ.