ފިލްމް "ނޮވެމްބަރު" ގެ މަންޒަރެއް ނަގަނީ : ފޮޓޯ ޑާކްރެއިން

ޑާކްރެއިންގެ "ނޮވެމްބަރު" ގެ ޝޫޓިން ފަށައިފި

ޑާކްރެއިން އެންޓަޓެއިންމެންޓްގެ ފިލްމް، "ނޮވެމްބަރު" ގެ ޝޫޓިންގް ފަށައިފިއެވެ.

މުހައްމަދު އަލީ (މޮގާ) އާއި އޭނާގެ އަންހެނުން އައިޝަތު ފުއާދު ޕްރޮޑިއުސްކުރާ މި ފިލްމްގެ ކާސްޓުންެގެ ތެރޭގައި މުހައްމަދު ޔުމައްޔިލް ނިމާލް އާއި މަރިޔަމް މަޖުދާގެ އިތުރުން ކުރީގެ ފިލްމީ ތަރި އިސްމާއިލް ވަޖީހު ހިމެނެއެވެ.  އޭގެ އިތުރުންވެސް ގިނަ ކާސްޓުންތަކެއް މި ފިލްމުން ފެނިގެންދާނެއެވެ.

އައިޝަތު ފުއާދާއު އަހުމަދު ތޮލާލްގެ ސްކްރީން ޕްލޭއަށް ތައްޔާރުކުރާ މި ފިލްމް ޑައިރެކްޓްކުރަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ. ރާއްޖޭގެ އިތުރުން ސިންގަޕޫރުގައި ޝޫޓްކުރަން ހަމަޖެހިފައިވާ މި ފިލްމް ރިލީޒްކުރާނެ ތާރީހެއް ޑާކްރެއިން އެންޓަޓެއިންމެންޓް އިން އަދި ހާމައެއް ނުކުރެއެވެ.

ޑާކްރެއިން އެންޓަޓެއިންމެންޓް އިން މިހާރުވެސް ދަނީ "ބަޅިނދު" ގެ ނަމުގައި ފިލްމެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުން "ބައިސާ" ގެ ނަމުގައި ފިލްމެއް އުފެއްދުމަށް ނިންމާފައިވާ ކަމަށާއި އިތުރު ދެ ފިލްމެއްގެ މަސައްކަތް ރޭވިފައިވާކަން ހާމަކޮށްފައެވެ.