ޑާކްރެއިން އިން ފޭސްބުކްގައި އާންމުކުރި ފޮޓޯ

ޑާކްރެއިންގެ ފިލްމް "ނޮވެމްބަރު" އަށް ސޯދުބެ؟

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ކުރިއަށް އޮތް އެއް ފިލްމަކީ "ނޮވެމްބަރު" އެވެ. ފިލްމްގެ ޝޫޓިން ތެރެއިން ނަގާފައިވާ ފޮޓޯތައް، ޑާކް ރެއިންގެ ފޭސްބުކް ޕޭޖްގައި އާންމުކުރަމުންދާއިރު، މިފަހަރު މިއީ "ސަޕްރައިޒް" އެކެވެ.

ފޭސްބުކްގައި ޑާކް ރެއިން އެންޓަޓެއިންމެންޓުން އާންމުކުރި ފޮޓޯއެއްގައި ފެންނަނީ، ދިވެހި މުދައްރިސް އަބްދުﷲ ސާދިޤު (ސޯދުބެ) އެވެ. #ނޮވެމްބަރު އާއެކު އާންމުކުރި ޕޯސްޓްގައި ޑާކް ރެއިން އިން ވަނީ ސޯދުބެ ދެއްވި ފުރުސަތަށް ޝުކުރު އަދާކުރައްވާފައެވެ.

ސޯދުބެ ގާތުގައި، ކުރީގެ ޓީވީ ޕްރެޒެންޓަރު އަދި މިހާރު އައިލެންޑް އޭވިއޭޝަންގައި މަސައްކަތް ކުރަމުން އަންނަ މޫސާ ވަސީމް އިށީނދެލައިގެން އިންނަ މަންޒަރު ފެނެއެވެ. ފޮޓޯއިން ދެން ފެނިގެންދަނީ ފިލްމްގެ އެއް ޕްރޮޑިއުސަރު ކަމަށްވާ އައިޝަތު ފުއާދު ތައުފީގާއި ފިލްމްގެ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އެވެ.

ޑާކްރެއިން އިން މީގެ ކުރިން ބުނެފައިވާ ގޮތުން މި ފިލްމްގެ މަންޒަރުތަކެއް ސިންގަޕޫރުގައިވެސް ނަގާނެއެވެ.