ފިލްމް "ބަވަތި" ގެ ޕޯސްޓަރެއް

"ބަވަތި" ކޮލަމްބޯގައި އަޅުވަނީ

އޮލިންޕަހުގައި ކާމިޔާބު ޝޯތަކަކަށްފަހު، އިލްޔާސް ވަހީދު (އިއްލެ) ގެ ފުރަތަމަ ފީޗާ ފިލްމް "ބަވަތި" ކޮލަމްބޯގައި ދެއްކުމަށް ނިންމައިފިއެވެ.

އިއްލެ ލިޔެ ޑައިރެކްޓްކޮށްފައިވާ ސައިކޮލޮޖިކަލް ތްރިލާ މި ފިލްމް ކޮލަމްބޯގައި އެޅުވުމަށް ނިންމާފައިވަނީ މިމަހުގެ 11 އަދި 12 ވަނަ ދުވަހުއެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާ މި ފިލްމް މިހާރު ދަނީ ރާއްޖޭގެ ރަށްރަށުގައިވެސް އަޅުވަމުންނެވެ. އެގޮތުން މާދަމާ މި ފިލްމް ދ. މީދޫގައި އަޅުވާނެއެވެ. އަދި ކުރިއަށް އޮތް ތިން ދުވަހު މި ފިލްމް ހއ. ވަށަފަރު، ދިއްދޫ އަދި އުތީމުގައި އަޅުވާނެއެވެ. ލ. ގަމަށް "ބަވަތި" އަންނާނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

ނުޒޫ އާއި އިފްނާޒް ލީޑް ރޯލްކުޅެފައިވާ މި ފިލްމް ބެލި ގިނަ ބަޔަކު ވަނީ މިއީ މޮޅު ފިލްމެއްކަން ފާހަގަކޮށްފައެވެ.