ފިލްމް މާމުއިގެ ލަވައެއްގެ މަންޒަރެއް: ފައިލް ފޮޓޯ ޑާކްރެއިން

ފޮނިފޮނި "މާމުއި" ގދ. ތިނަދޫއަށް

ޑާކްރެއިން އެންޓަޓެއިންމެންޓްގެ ފިލްމް، "މާމުއި" ގދ. ތިނަދޫގައި އަޅުވަން ނިންމައިފިއެވެ. ގދ. ތިނަދޫގައި މި ފިލްމް ދެއްކުމަށް ހަމަޖެހިފައިވަނީ ތިނަދޫ އާބާދީ މަރުކަޒުގައި އަންނަ މަހުގެ ފަސްވަނަ ދުވަހުއެވެ.

މަޖާ ގިނަ މަންޒަރުތަކެއް ފެނިގެންދާ މި ފިލްމް ޕްރޮޑިއުސްކޮށްފައިވަނީ މުހައްމަދު އަލީ (މޮގާ) އާއި އޭނާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ. މި ފިލްމްގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އެވެ.

މި ފިލްމްގެ ކާސްޓުންގެ ތެރޭގައި ޖުމައްޔިލް ނިމާލް، މަރިޔަމް އައްޒަ، ނުޒުހަތު ޝުއައިބު (ނުޒޫ)، މަރިޔަމް މަޖުދާ (މަޖޫ) އަލީ ޝަޒްލީމް އަދި ޝީލާ ނަޖީބް ހިމެނެއެވެ.

ފިލްމް "މާމުއި" ގެ ކާމިޔާބު ޝޯތަކެއް އަޅުވާފައިވާއިރު ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިގެންގޮސްފައެވެ.