އާޝިގީގެ ޕްރޮޑަކްޝަން ޓީމް

އާޝިގީ 3 އަށް ބަތަލާއެއް އަދި ހަމަނުޖެހޭ

ބޮލީވުޑްގެ ފިލްމް "އާޝިގީ 3" އަށް ލީޑް އަންހެން ތަރިއެއް އަދި ހަމަ ނުޖެހޭކަން ހާމަކޮށްފިއެވެ.

ފިލްމްގެ އަންހެން ތަރިއަކަށް ޖެނިފާ ވިންގެޓް ހަމަޖެއްސި ކަމަށް ވަނީ އަޑު ފެތުރިފައެވެ. ނަމަވެސް ފިލްމް އުފައްދާ ފަރާތުން ހާމަކުރި ގޮތުގައި ފިލްމަށް އަންހެން ތަރިއެއް އަދި ހަމަ ނުޖައްސައެވެ. ފިލްމަށް އެކަށީގެންވާ ތަރިއެއް ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ފިލްމް އުފައްދާ ފަރާތުން ވަނީ ބުނެފައެވެ.

މިއީ ފިލްމްގެ ޕްރޮޑަކްޝަންގެ ވަރަށް ކުރީކޮޅުކަމަށާއި ފިލްމާއި ގުޅޭ އެކި ހިޔާލުތައް ލިބެމުންދާ ކަމަށް ފިލްމް އުފައްދާ ފަރާތުން ވަނީ ހާމަކޮށްފައެވެ.

"ބެލުންތެރިންނެކޭ އެއްފަދައިން އަހަރެމެންވެސް މި އިންތިޒާރުކުރަނީ އަންހެން ތަރި ފައިނަލްވެގެންދާނެ އިރަކަށް. ވީ އެންމެ އަވަހަކަށް އެކަން ބެލުންތެރިންނަށް ހާމަކުރާނަން" ފިލްމް އުފައްދާ ފަރާތުން ބުނެފައިވެއެވެ.

ފިލްމްގެ ފިރިހެން ތަރިއަކަށް ހަމަޖައްސާފައިވަނީ ކާތިކް އާރްޔަންއެވެ. ފިލްމް ޕްރޮޑިއުސްކުރަނީ މުކޭޝް ބަޓް އާއި ބޫޝަން ކުމާރުގެ ޓީމު ގުޅިގެންނެވެ.