ރިޗާ އާއި ފަޒަލް

ވަރަށް އަވަހަށް ކައިވެނިކުރާނަން: ރިޗާ

އިންޑިއާގެ އެކްޓަރު އަލީ ފަޒަލާއި ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށް އެކްޓްރެސް ރިޗާ ޗައްޑާ ބުނެފިއެވެ.

ބަތަލާ ރިޗާ ޗައްޑާ ވަނީ، އެ ދެ ތަރިންގެ ކައިވެނި މި އަހަރުގެ ތެރޭގައި ކުރާނެ ކަމަށް ބުނެފައެވެ.

ރިޗާ އާއި ފަޒަލްގެ ކައިވެނި 2020 އެޕްރީލްގައި ކުރަން ރޭވިއެވެ. ނަމަވެސް ކޮވިޑްގެ ސަބަބުް ކައިވެނި ފަސްކުރީއެވެ. މިދިޔަ އަހަރުގެ ތެރޭގައި އިންޑިއާގެ ނޫހަކަށް ފަޒަލް ދިން އިންޓަވިއުއެއްގައި ވަނީ 2022 ގެ މާޗްގައި ކައިވެނި ކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފައެވެ. ނަމަވެސް އެ ތާރީހުގައިވެސް އެ ދެ ތަރިންގެ ކައިވެނި ކުރެވިފައިނުވެއެވެ.

ރިޗާ ބުނީ ކައިވެނި ކުރެވޭތީ ވަރަށް އުފާވެފައިވާ ކަމަށާއި ނަމަވެސް ކޮވިޑްގެ ސަބަބުން މާޔޫސްކަން ލިބިފައިވާ ކަމަށެވެ.

ފިލްމް "ފުކްރޭ" އަދި "ފުކްރޭ ރިޓާންސް" ގައި މަސައްކަތްކުރި ދެ ތަރިންގެ "ފުކްރޭ 3" އިން ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.