ފިލްމްގެ މަންޒަރެއްގައި އާލިއާ އާއި ރަންބީރް

"ބުރަމަސްތުރާ" ސްޓްރީމް ކުރި ވެބްސައިޓްތަކެއް ހުއްޓުވައިފި

ބޮލީވުޑްގެ ފިލްމް "ބުރަމަސްތުރާ" ސްޓްރީމް ކުރަމުންދިޔަ ވެބްސައިޓްތަކެއް ހުއްޓުވުމަށް ދިއްލީ ހައިކޯޓުން އަމުރުކޮށްފިއެވެ.

ރަންބީރް ކަޕޫރާއި އާލިއާ ބަޓް ލީޑްރޯލުން ފެނިގެންދާ ފިލްމް، "ބުރަމަސްތުރާ" ރިލީޒްކުރުމުގެ ކުރިން، ބަޔަކު ވަނީ އެ ފިލްމް އިންޓަނެޓްގައި ސްޓްރީމް ކުރަން ފަށާފައެވެ. އެއާއެކު ސްޓާ އިންޑިއާއިން ވަނީ އެފަދަ 18 ވެބްސައިޓެއް ހުއްޓުވުމަށް ދިއްލީ ހައިކޯޓަށް ގޮސްފައެވެ.

ދިއްލީ ހައިކޯޓުން ވަނީ އެ ވެބްސައިޓްތައް ބްލޮކްކުރުމަށް އިންޓަނެޓް ހިދުމަތްދޭ ކުންފުނިތަކަށް އެންގުމަށް އެގައުމުގެ ކަމާބެހޭ މިނިސްޓްރީއަށް އަމުރުކޮށްފައެވެ.

މި ފިލްމުން އަމީތާބް ބައްޗަން އާއި މޯނީ ރޯއީވެސް ފެނިގެންދާނެއެވެ. މި ފިލްމަށް އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަންއިން ދީފައިވަނީ ޔޫއޭ ސެޓިފިކެޓެއެވެ.