ކެވިން ހާޓް

ކެވިން އެނބުރި މަސައްކަތަށް

މިދިޔަ މަހު ހިނގި ކާރު އެކްސިޑެންޓެއްގައި އަނިޔާވި އެކްޓަރު ކެވިން ހާޓް، އެނބުރި ފިލްމީ މަސައްކަތަށް ނިކުމެއްޖެއެވެ.

ކާރު އެކްސިޑެންޓްގައި، ކެވިންގެ މައިބަދައަށް ލިބުނު އަނިޔާއަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދާފައެވެ. ކެވިން މަސައްކަތަށް ނިކުތް ނަމަވެސް އެހާ ގިނައިރު މަސައްކަތުގައި އަދި ނޫޅެއެވެ.

ކެވިން މިހާރު ދަނީ އޭނާގެ ކުރިއަށް އޮތް ފިލްމް "ޖުމާންޖީ: ދަ ނެކްސްޓް ލެވަލް" ގެ ޕްރޮމޯޝަން ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ. މި ފިލްމަކީ 2017 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ޖުމާންޖީ: ވެލްކަމް ޓު ދަ ޖަންގަލް" ގެ ސީކުއެލްއެކެވެ.

ފިލްމް "ޖުމާންޖީ: ދަ ނެކްސްޓް ލެވަލް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުއެވެ. ފިލްމްގެ ތަރިންގެ ތެރޭގައި ކެވިން ހާޓް އާއި ޑްވޭން ޖޯންސަން (ދަ ރޮކް) އާއި ޖޭކް ބްލޭކް އަދި ކަރެން ޖިލަން ހިމެނެއެވެ.