ސަންޖޭ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފި

ބޮލީވުޑްގެ ތަރި ސަންޖޭ ދަތު ކޮވިޑް-19 ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިއެވެ.

ވެކްސިން ޖެހިއިރު ނަގާފައިވާ ފޮޓޯއެއް، އުމުރުން 61 އަހަރުގެ އެކްޓަރު ވަނީ ސޯޝަލް މީޑިއާގައި ހިއްްސާކޮށްފައެވެ. ސަންޖޭ ވެކްސިން ޖަހާފައިވަނީ ބީކޭސީ ވެކްސިން ސެންޓަރުގައެވެ.

ސަންޖޭ ދަތު ވަނީ ވެކްސިން ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުރާ ބުރަ މަސައްކަތް ފާހަގަކޮށްފައެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ސަންޖޭއަށް ކެންސަރު ޖެހިފައިވާކަން ވަނީ އެނގިފައެވެ. ކެންސަރު ބަލިން ރަނގަޅުވިކަން އޮކްޓޫބަރު މަހުގެ ތެރޭގައި ސަންޖޭ އިއުލާނުކުރިއެވެ. އޭގެ މަސްދުވަސް ފަހުން ސަންޖޭ ވަނީ ފިލްމީ މަސައްކަތްތަކަށް ނިކުމެފައެވެ.

ކޮވިޑް ވެކްސިން ޖެހި ފަންނާނުންގެ ތެރޭގައި ދަރްމެންދުރާ، ހެމާ މާލިނީ، މޯހަންލާލް، އަނޫޕާމް ކޭރް، ނީނާ ގުޕްތާ އަދި ރާކޭޝް ރޯޝަން ހިމެނެއެވެ.