ބަތަލާ އެމާ ސްޓޯން ފައިލް ފޮޓޯ އިންސްޓަގްރާމް

އުރްސަލާގެ އޮރިޖިނަލް ފިލްމް ބަލާލަން ބޭނުން: އެމާ

ޑިޒްނީގެ ވިލަން "އުރްސަލާ" ގެ އޮރިޖިނަލް ފިލްމް ބޮޑު ސްކްރީނުން ބަލާލަން ބޭނުންވާ ކަމަށް ބަތަލާ އެމާ ސްޓޯން ބުނެފިއެވެ.

"ވެރައިޓީ" އަށް ދިން އިންޓަވިއުއެއްގައި ބަތަލާ އެމާ ސްޓޯން ބުނީ، "އުރްސަލާ" އަކީ ބޯވައެއް ކަމަށާއި އެ ދުނިޔެއަށް ގޮސް އޭނާގެ މައިންބަފައިންނަކީ ކޮބައިކަމާއި އެތަނުގައި ކަންތައްވެގެންދާ ގޮތް ބަލާލަން ބޭނުންވާ ކަމަށެވެ.

ޑިޒްނީއިން ވަނީ "ދަ ލިޓިލް މާމެއިޑް" ގެ ލައިވް އެކްޝަނެއް އުފައްދަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ. އެ ފިލްމްގައި މާމެއިޑްގެ ރޯލުން ފެނިގެންދާނީ ހޭލް ބެއިލީއެވެ. އެ ފިލްމްގައި އުރްސަލާގެ ރޯލުން ފެނިގެންދާނީ ބަތަލާ މެލިސާ މެކާތީއެވެ.

އެމާ ސްޓޯން، ޑިޒްނީގެ ވިލަން "ކްރުއެލާ" ގެ ގޮތުގައި ފެނިގެންދާ ފިލްމް މިހާރު ވަނީ ރިލީޒްކޮށްފައެވެ.