ހީނާ ހާން ރާއްޖޭގައި ހުރެ ނަގާފައިވާ ފޮޓޯއެއް

ހީނާ ހާންވެސް ރާއްޖޭގައި

އިންޑިއާގެ ބަތަލާ ހީނާ ހާން ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ.

ހީނާ ހާން އިއްޔެވަނީ ސީޕްލޭނެއް ކައިރީގައި ހުރެ ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އިއްޔެ އާއި މިއަދު ހީނާ ހާން ދަނީ ރާއްޖޭގައި ހުރެ ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

"ކަސޯޓީ ޒިންދަގީ ކޭ" ގައި ކޮމޮލިކާގެ ރޯލު ކުޅުނު ހީނާ ހާން މީގެ ކުރިންވެސް ރާއްޖެ ޒިޔާރަތްކޮށް ޗުއްޓީ ހޭދަކޮށްފައިވެއެވެ. އެ ގޮތުން 2018 ވަނަ އަހަރު ހީނާ ހާން ވަނީ ރާއްޖެ ޒިޔާރަތްކޮށް ޖުމެއިރާ ވިޓަވެލި ރިސޯޓްގައި ޗުއްޓީ ހޭދަކޮށްފައެވެ.

ރާއްޖެއަކީ ޗުއްޓީ ހޭދަކޮށްލުމަށް ފަންނާނުންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. އެގޮތުން މިހާރުވެސް އިންޑިއާގެ ބަތަލާ ޝްރައްދާ ކަޕޫރާއި އޭނާގެ މައިންބަފައިން މިހާރުވެސް ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.