އަކްޝޭ ކުމާރް - ފޮޓޯ އިންސްޓަގްރާމް

3600 ނެށުންތެރިއަކަށް އަކްޝޭ އެހީވަނީ

އިންޑިއާގެ 3600 ނެށުންތެރިއަކަށް އެހީވުމަށް އެކްޓަރު އަކްޝޭ ކުމާރް ނިންމައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން، އަކްޝޭ ވަނީ ޖޫނިއާ އަދި ދުވަސްވީ ކޮރެއޮގްރާފަރުން ހިމެނޭ ގޮތަށް 1600 މީހަކަށް އަދި ބެކްގްރަޑުން ނެށުންތެރިންގެ ގޮތުގައި ހަރަކާތްތެރިވާ 2000 މީހަކަށް އެހީވުމަށް ނިންމާފައެވެ.

އެ ނެށުންތެރިންނަށް ކޮންމެ މަހަކުވެސް ފައިސާގެ އަދަދެއް ނުވަތަ އާއިލާއަށް ކާބޯތަކެތި ފޯރުކޮށްދެވިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގައި ކޮވިޑް ފެތުރެމުންދާ މިންވަރު އިތުރުވުމުގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. ބައެއް ފިލްމްތަކުގެ ޝޫޓިން އެހެން ސިޓީތަކަށް ބަދަލުކޮށްފައިވާއިރު، ބައެއް ފިލްމްތަކުގެ މަސައްކަތްތައް ވަނީ ހުއްޓިފައެވެ.