ޕެޓީ

ޕެޓީ "ސްޓާ ވޯސް" ގެ ފިލްމެއް ޑައިރެކްޓްކުރަނީ

"ސްޓާ ވޯސް" ފްރެންޗައިޒްގެ ފިލްމެއްގެ ޑައިރެކްޓަރަކަށް ޕެޓީ ޖެންކިންސް ހަމަޖައްސައިފިއެވެ.

ޕެޓީ ޖެންކިންސް ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވަނީ "ސްޓާ ވޯސް" ފްރެންޗައިޒްގެ ކުރިއަށް އޮތް ފިލްމް "ރޯގް ސްކޮޑްރޮން" އެވެ. ހޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުން މިއީ އަންހެނަކު، ސްޓާ ވޯސްގެ ފިލްމެއް ޑައިރެކްޓްކުރާ ފުރަތަމަ ފަހަރެވެ. ފިލްމްގެ ޑައިރެކްޓަރަކަށް ޕެޓީ ހަމަޖެއްސިކަން އިއުލާނުކުރީ ލޫކަސްފިލްމްގެ ރައީސް ކެތްލީން ކެނެޑީއެވެ.

މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މިމަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ވޮންޑަ ވުމަން 1984" އަކީވެސް ޕެޓީ ޖެންކިންސް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.