ރާޖޫ - ފޮޓޯ ރާޖޫ ފޭސްބުކް ޕޭޖް

ރާޖޫގެ ސިކުނޑި ފުރިހަމައަށް މަސައްކަތް ނުކުރޭ

އިންޑިއާގެ ކޮމޭޑިއަން ރާޖޫ ސްރިވާސްތަވާގެ ސިކުނޑި ފުރިހަމައަށް މަސައްކަތް ނުކުރާ ކަމަށް އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ އަހްސާން ގުރޭޝީ ބުނެފިއެވެ.

ރާޖޫއަށް ހާޓް އެޓޭކެއް ޖެހުނީ، މިދިޔަ ބުދަ ދުވަހު ޖިމްގައި ކަސްރަތުކުރަމުން ދަނިކޮށެވެ. އެއާއެކު ރާޖޫ ވަނީ ވަގުތުން ދިއްލީގެ އެއިމްސް ހޮސްޕިޓަލަށް ގެންގޮސްފައެވެ. މިވަގުތު ރާޖޫ އޮތީ ވެންޓިލޭޓަރުގައެވެ.

އަހްސާން ބުނި ގޮތުގައި، ރާޖޫ އޮތީ އައިސީޔޫގައި އޮބްސަވޭޝަންގައެވެ. ރާޖޫ ކޮންމެވެސް ވަރަކަށް ހަރަކާތްކުރި ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށާއި ނަމަވެސް ސިކުނޑި ފުރިހަމައަށް މަސައްކަތް ނުކުރާ ކަމަށް ޑޮކްޓަރުން ބުނާ ކަމަށް އަހްސާން ވަނީ ބުނެފައެވެ.

ރާޖޫއަށް ހާޓް އެޓޭކެއް ޖެހުނީ ޓްރެޑްމިލްގައި ދުވަން ހުއްޓައެވެ. ހާޓް އެޓޭކް ޖެހުމުގެ ކުރިން މެއަށް ތަދުވާކަމަށް ބުނި ކަމަށް ރިޕޯޓްތައް ބުނެއެވެ.