ފިލްމް ގުލާބޯ ސިތާބޯގެ މަންޒަރެއް

"ގުލާބޯ ސިތާބޯ" ރިލީޒްކުރާއިރު 14 އަށްވުރެ ގިނަ ބަހުން ސަބްޓައިޓްލްސް

ސްޓްރީމިން ޕްލެޓްފޯމް މެދުވެރިކޮށް، ފިލްމް "ގުލާބޯ ސިތާބޯ" މިއަދު ރިލީޒްކޮށްފައިވާއިރު، 14 އަށްވުރެ ގިނަ ބަހުން ސަބްޓައިޓްލްސް ގެނެސްދިނުމަށް ނިންމައިފިއެވެ.

ޝުޖިތު ސިރްކާ ޑައިރެކްޓްކޮށްފައިވާ މި ފިލްމް، ސްޓްރީމިން ޕްލެޓްފޯމްގައި ރިލީޒްކުރީ ކޮވިޑް-19 އާ ގުޅިގެން ސިނަމާތައް ބަންދުކޮށްފައިވާތީއެވެ. ރިޕޯޓްތައް ބުނާ ގޮތުން އަރަބި، ރަޝިއަން، ޖަރުމަނު، ފްރެންޗް، ސްޕެނިޝް، އިޓާލިއަން، ޕޯޗުގީޒް، އިންޑޮނީޝިއަން، މެލޭ، ކޮރެއަން އަދި އިނގިރޭސި ބަހުންވެސް ސަބްޓައިޓްލްސް ގެނެސްދޭނެއެވެ.

އަމީތާބް ބައްޗަން އާއި އަޔޫޝްމަން ކުރާނާ ލީޑްރޯލު ކުޅެފައިވާ މި ފިލްމް ސްޓްރީމް ކުރާނީ އެމެޒޮން ޕްރައިމް ވީޑިއޯގައެވެ. ފިލްމްގެ ވާހަކަ ލިޔެފައިވަނީ ޖޫހީ ޗަތުރަވެދީއެވެ.

މި ފިލްމަކީ އުމުރުން ދުވަސްވީ މީހަކާއި ޒުވާނެއްގެ މެދުގައި ހިނގާ ކަންތައްތަކެއް ކިޔައިދޭ ކޮމެޑީ ފިލްމެކެވެ.