ކަމީލާ އާއި ލިއަނާޑޯ

ލިއަނާޑޯ، ކަމީލާގެ ކައިވެންޏަށް އެދުމަށް އޭނާގެ މަންމަ އެދޭ

އޮސްކާ ހާސިލުކޮށްފައިވާ އެކްޓަރު ލިއަނާޑޯ ޑިކެޕްރިއޯ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އެމެރިކަން-އާޖެންޓެއިން މޮޑެލް އަދި މަދުން ނަމަވެސް ފިލްމްތަކުން ފެނިގެން ގޮސްފައިވާ އެކްޓްރެސް ކަމީލާ މޮންރޯއާއެވެ.

މަސްދަރުތަކާއި ހަވާލާދީ ހޮލީވުޑްގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ލިއަނާޑޯގެ މަންމަ ބޭނުންވަނީ ވީހާވެސް އަވަހަށް ކައިވެންޏަށް އެދި ލިއަނާޑޯ ކަމީލާއަށް ހުށަހެޅުމަށެވެ. ލިއަނާޑޯގެ މަންމަ މިހާރު އިންތިޒާރު ކުރަމުންދަނީ އެ ވަގުތަށެވެ.

ކަމީލާއަކީ އެމެރިކާގެ އެކްޓަރު އަލް ޕަޗީނޯގެ ދޮން ދަރިއެވެ. ކަމީލާ އާއި ލިއަނާޑޯގެ މަންމަ ބައްދަލުވީ މިއަހަރުގެ އޮގަސްޓް މަހުއެވެ. ޅީދަރިފުޅެއްގެ ގޮތުގައި ކަމީލާ ބަލައިގަތުމަށް ރުހި ގަބޫލުވެފައެވެ.  

ރިޕޯޓްތައް ބުނާ ގޮތުން ކައިވެންޏަށް އެދި ކަމީލާއަށް ހުށަހެޅުމުގެ ވިސްނުމެއް ލިއަނާޑޯގެ އަދި ނެތެވެ. ކަންއެހެން ހުރުމުން ލިއަނާޑޯގެ މަންމަ މިހާރު ކަންބޮޑުވަމުން ދަނީ ކަމީލާ، ލިއަނާޑޯއާއި ދުރަށް ހިނގައިދާނެތީއެވެ.